އާޓިފިޝަލް ބީޗުގައި ހިންގި މާރާމާރީގައި އިސްކޮށް ހުރި މީހާ ޑީޕޯޓްކޮށްލަނީ

މ
16 ޑިސެމްބަރު 2024 19:241 މިނިޓުގެ ކިޔުން
Aa

އާޓިފިޝަލް ބީޗުގައި މި މަހު ކުރީކޮޅު ހިންގި މާރާމާރީގައި އިސްކޮށް ހުރި މީހާ އަތުލައިގަނެ، ޑީޕޯޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

ގިނަ އަދަދެއްގެ މީހުން ޖަމާވެފައިވަނިކޮށް، އާންމު މަސްލަހަތަށް ނުރައްކާވާ ގޮތަށް އާޓިފިޝަލް ބީޗު ސަރަހައްދުގައި މާރާމާ ހިންގީ މި މަހުގެ ހަވަނަ ދުވަހު އެވެ. އެ މާރާމާރީ ހިންގީ އެ ތަނަށް ގޮސް އުޅުނު އިންޑިއާގެ ބައެއްގެ މެދުގަ އެވެ.

އެކަމުގައި އިސްކޮށް އުޅުނު ކަމަށް ބުނާ މީހާގެ ފޮޓޯ އާއެކު އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އުމުރުން 25 އަހަރުގެ އެ މީހާ ހޯދީ ފުލުހުންގެ އެހީތެރިކަމާއެކު ކަމަށެވެ.

އެ މާރާމާރީގައި ޝާމިލުވާ ހުރިހާ އެންމެންނަށް ފިޔަވަޅު އަޅާނެ ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާން ވަހީދު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.