ރާއްޖޭގެ ޒަކާތު ފަންޑުން ފޮނުވި އެހީގައި ގާޒާގެ ރައްޔިތުންނަށް ސާފު ބޯފެން

މ
24 ޑިސެމްބަރު 2024 20:15އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ރާއްޖޭގެ ޒަކާތު ފަންޑުން ހަދިޔާކުރި އެހީ ގާޒާގެ ރައްޔިތުންނަށް ފޯރުކޮށްދޭން ފަށައިފި އެވެ.

ރާއްޖޭގެ ޒަކާތު ފަންޑުން ގާޒާގެ ރައްޔިތުންނަށް ހަދިޔާކުރުމަށް ނިންމާފައިވަނީ އެއްލައްކަ ޑޮލަރެވެ. މިއީ ޒަކާތު ފަންޑުން ރާއްޖޭން ބޭރުގެ ފަރާތަށް އެހީތެރިކަން ފޯރުކޮށްދިން ފުރަތަމަ ފަހަރެވެ.

އެ ފައިސާ ގަތަރު ރެޑް ކްރެސެންޓް ސޮސައިޓީއާ ހަވާލުކުރުމަށް ނޮވެމްބަރު މަހުގެ ފަހުކޮޅު އިސްލާމިކް މިނިސްޓްރީން ވަނީ އެ ސޮސައިޓީ އާއެކު ސޮއިކޮށްފައެވެ.

އެ ފައިސާ ގަތަރު ރެޑް ކްރެސެންޓް ސޮސައިޓީއާ ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ދެ ޕޭމަންޓަކަށް ބަހާލައިގެންނެވެ.

ގަތަރު ރެޑް ކްރެސެންޓުން ވަނީ ރާއްޖޭގެ ޒަކާތު ފަންޑުން ފޮނުވި އެހީގައި ގާޒާގެ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމުގެ މަޝްރޫއު ފަށައިފަ އެވެ.

އެގޮތުން އެ މަޝްރޫއުގެ ދަށުން ގާޒާގައި ހުންނަ އަލް ޝިފާ އަދި އަލް ހަޔާތް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ބަލި މީހުންނަށް 6،000 ފެން ފޭސް ބަހާފައިވާއިރު، އެންމެ ބޮޑަށް ބޭނުންޖެހިފައިވާ 60،000 މީހުންނަށް 50،000 ފެން ކޭސް ބަހާނެ ކަމަށް ގަތަރު ރެޑް ކްރެސެންޓުން ބުނެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.