އާ އަހަރާ ދިމާކޮށް ރަލާއި ޑުރަގް ވިއްކާ ތަންތަން ހޯދަން ފުލުހުން ނުކުމެއްޖެ

މ
25 ޑިސެމްބަރު 2024 18:541 މިނިޓުގެ ކިޔުން
Aa

އާ އަހަރާ ދިމާކޮށް ބަނގުރާ އަދި ޑުރަގް ވިއްކައި ބޭނުންކުރުން އިތުރުވާނެ ކަމަށް ލަފާކުރެވޭތީ، އެކަމާ ދެކޮޅަށް ހާއްސަ އޮޕަރޭޝަނެއް ފުލުހުން ފަށައިފި އެވެ.

ފުލުހުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޑްރަގް އެންފޯސްމެންޓާއި ހުޅުމާލެ ޕޮލިސް ސްޓޭޝަން، މެރިން ޕޮލިސް އަދި ކ. އަތޮޅު ޕޮލިސް ސްޓޭޝަންތައް ގުޅިގެން ކުރިއަށް ގެންދާ އެ އޮޕަރޭޝަން ފެށީ އިއްޔެ ކަމަށެވެ.

އެ އޮޕަރޭޝަންގައި ހުޅުމާލެ ފަޅުތެރެ ޕެޓްރޯލް ކުރުމާއި ރަށުތެރެއަށް ބަނގުރާ އަރުވައި، ބަނގުރާ ވިއްކާ ކަމަށް ޝައްކުކުރެވޭ ކެފޭ، ރެސްޓޯރެންޓުތައް މޮނިޓާކޮށް، ގާނޫނާ ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.

ކޮންމެ އާ އަހަރަކާ ދިމާކޮށް ރަލާއި ޑުރަގާ ދެކޮޅަށް ފުލުހުން އޮޕަރޭޝަނެއް ހިންގަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.