ތައިލެންޑުން އައި ދެ ދިވެއްސަކު ދެ ކިލޯގެ ޑްރަގާއެކު އަތުލައިގެންފި

މ
29 ޑިސެމްބަރު 2024 11:241 މިނިޓުގެ ކިޔުން
Aa

ވައިގެ މަގުން ތައިލޭންޑުން ރާއްޖެ އައި ދެ ދިވެހިން، ދެ ކިލޯގެ ޑްރަގާއެކު ހައްޔަރުކޮށްފި އެވެ.

ކަސްޓަމުން ބުނީ އެއީ 41 އަހަރުގެ ދިވެހި ފިރިހެނަކާއި 21 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މިދިޔަ ބުރާސްފަތި ދުވަހު މި ދެ މީހުން ރާއްޖެ އައީ ތައިލެންޑުން ކަމަށެވެ. \

އެ ދެމީހުން ހައްޔަރުކޮށްފައިވަނީ އެމީހުންގެ އަމަލުތައް ހުރިގޮތާމެދު ޝައްކުވެގެން ބަލާ ފާސްކުރުމުގެ ތެރޭގައި ހަށިގަނޑުގެތެރޭގައި ރައްކާކޮށްފައިހުރި 32 ގުރާމް ހެރޮއިން އަދި 2.1 ކިލޯ މެފެޑްރޯން ފެނުމުންކަމަށް ކަސްޓަމްސުން ބުންޏެވެ.

ކަސްޓަމްސް އިން ބުނީ އެ ތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓުކުރިއިރު، 32 ގްރާމް ހެރޮއިނަށް އަދި 2.1 ކިލޯގެ މެފެޑްރޯނަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މި ތަކެތީގެ ޖުމްލަ ބަރުދަން 2.4 ކިލޯއަށް އަރާއިރު، މަގުމަތީ އަގު 5.5 މިލިއަން ރުފިޔާއަށް އަރާކަމަށް ކަސްޓަމްސް އިން ލަފާކުރެ އެވެ.

ކުރިމިނަލް ކޯޓުން ވަނީ މި ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފަ އެވެ.

ބަންދު އަމުރުގައިވާ ގޮތުން މި ދެ މީހުންގެ ރާއްޖެ އައިރު އަރައިގެން ހުރި އިސްޓާކީނުގެ ތެރެއިންނާއި ބޮކްސާ ތެރެއިން ޑްރަގް ފެނިފައިވެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.