އާޓިފިޝަލް ބީޗް ސަރަހައްދުގެ ސްޓޯމް ވޯޓޯ ނެޓްވޯކް އަޕްގްރޭޑްކޮށް ނިމިއްޖެ: އާރްޑީސީ

މ
29 ޑިސެމްބަރު 2024 12:421 މިނިޓުގެ ކިޔުން
Aa

އާޓިފިޝަލް ބީޗް ސަރަހައްދުގެ ސްޓޯމް ވޯޓޯ ނެޓްވޯކް އަޕްގްރޭޑު ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ން ބުނެފި އެވެ.

އާރްޑީސީން އިއްޔެ އެކްސްގައިކުރި ޕޯސްޓެއްގައި އާޓިފިޝަލް ބީޗު ސަރަހައްދުގެ ސްޓޯމް ވޯޓާ ނެޓްވޯކް އަޕްގްރޭޑް ކޮށްފައިވަނީ މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ވަގުތީ ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން އާރްޑީސީން ވަނީ މީގެ ކުރިން ވާ ފެންބޮޑުވުމުގެ މައްސަލައަށް ވަގުތީ ހައްލެއް ހޯދުމުގެ ގޮތުން ބައެއް މަގުތަކުގައި ފެންޖަމާކުރާ ޓޭންކުތައް ބަހައްޓައިފަ އެވެ. އަދި ހަވީރީ ހިގުމާއި ކަނބާ އައިސަރަނި ހިނގުން ގުޅޭ ސަރަހައްދާއި ވެސްޓްޕާކް ސަރަހައްދު ބަންދުކޮށް، އެމަގުތަކުގެ ކަނެކްޝަންތައް ކަލްވާޓް ލައިނާއި ގުޅާލުމުގެ މަސައްކަތް އާރްޑީސީން ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން ބޮޑުތަކުރުފާނުމަގު ހުޅަނގު ކޮޅާއި ހަމައަށް ކަލްވާޓް ލައިންގެ ކާސްޓިންގެ މަސައްކަތް އާރްޑީސީން ވަނީ ނިންމައިފައެވެ. އަދި ބިމުގެ އަޑިން ހަދާ ކަލްވާޓް ލައިންގެ ކާސްޓިންގެ މަސައްކަތް ސައިޓުގައި ކުރިއަށް ގެންގޮސް އެ މަސައްކަތް ވެސް އާރްޑީސީން ވަނީ ނިންމައިލައިފަ އެވެ.

އާރްޑީސީން ވަނީ ހަވީރީ ހިގުމާއި ބޮޑު ތަކުރުފާނުމަގާއި ކަލްވާޓްއާ ގުޅުވާލަދޭ ޖަންކްޝަންތަކުގެ މަސައްކަތް ވެސް ނިންމައި ބޮޑުތަކުރުފާނު މަގާއި ހަވީރީ ހިގުމާއި ކަނބާ އައިސަރަނި ހިނގުން ގުޅޭ ސަރަހައްދާއި ވެސްޓްޕާކް ސަރައްދުން ފެންޖަމާކުރާ ޓޭންކްތައް ބެހެއްޓުމުގެ މަސައްކަތްތައް ވެސް ކޮށްފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.