ރާއްޖެއަށް ގަވާއިދާ ހިލާފަށް އެތެރެވި ބޯޓެއް ޑްރޯން ބޭނުންކޮށްގެން ހޯދައިފި

މ
26 ޑިސެމްބަރު 2024 19:111 މިނިޓުގެ ކިޔުން
Aa

ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ހިންގި އޮޕަރޭޝަނެއްގައި ބޭރުގެ މަސް ބޯޓެއް އަތުލައިގެންފި އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ބޯޓު އަތުލައިގަތީ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ގާނޫނާ ހިލާފަށް ހަރަކާތްތެރިވަމުން ދަނިކޮށް އެމްއެންޑީއެފްގެ އެއާ ކޯ ޑްރޯންގެ އެހީގައި ލޮކޭޓްކުރުމަށް ފަހު ކަމަށެވެ. އަދި އެ މަސްބޯޓު މިހާރު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ.

އެކަމަކު އެއީ ކޮން ގައުމެއްގެ ބޯޓެއް ކަމެއް އަދި އަތުލައިގަތީ ކޮން ހިސާބަކުން ކަމެއް ނުބުނެ އެވެ.

ރާއްޖޭގައި އަސްކަރީ ޑްރޯންތައް ފުރަތަމަ ފަހަރަށް ބޭނުންކުރަން ފަށާފައި ވަނީ މިއަހަރުގެ މާޗު މަހު އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.