ރާއްޖޭގައި ބިދޭސީ އަންހެނަކު ރޭޕްކޮށް މަރާލި ކަމަށް ބުނާ ވާހަކައަކީ އިންޑިއާގައި ހިނގި ކަމެއް!

މ
24 ޑިސެމްބަރު 2024 00:551 މިނިޓުގެ ކިޔުން
Aa

ހޯމް މިނިސްޓަރު އަލީ އިހުސާން

ރާއްޖޭގައި ބިދޭސީ އަންހެނަކު ރޭޕްކޮށް މަރާލި ކަމަށް ބުނެ ދައްކާ ވާހަކައަކީ އިންޑިއާގައި ހިނގި ހާދިސާއެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މާލޭގެ ކެފޭއެއްގައި މަސައްކަތްކުރާ އިންޑޮނޭޝިއާ އަންހެނަކު ގޭންގު ރޭޕްކޮށް މަރާލާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ވާހަކައެއް ދައުރުވަމުންނެވެ. އަދި އެ ހާދިސާގެ ވީޑިއޯއެއްވެސް ދަނީ ދައުރުވަމުންނެވެ.

އެ ވާހަކައާ ގުޅިގެން ފުލުހުންގެ މީޑިއާ ގުރޫޕުގައި ނޫސްވެރިން ސުވާލު ކުރުމުން ފުލުހުން ވަނީ އެފަދަ މަރުގެ މައްސަލައެއް ރިޕޯޓް ކޮށްފައިނުވާ ކަމަށް ބުނެފަ އެވެ.

އެ ވާހަކަތަކާ ގުޅިގެން އިހުސާންގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސޯޝަލް މީޑިއާގައި ދައްކާ ވާހަކައަކީ މެއި 2021 ގައި ބަންގްލަދޭޝް ނޫހެއްގައި ރިޕޯޓްކޮށްފައިވާ ހާދިސާއަކާ ގުޅޭ ވީޑިއޯއެއް ކަމަށެވެ.

އިހުސާން އެ ވިދާޅުވާ ހަބަރު ގެނެސްދީފައިވަނީ ޕްރޮތޮމަލޯ ނަމަކަށް ކިޔާ ނޫހަކުން 28 މެއި 2021 ގައެވެ. އެ ހަބަރުގައި ބުނެފައިވަނީ ޓިކްޓޮކް ވީޑިއޯ ހެދުމަށް ކަމަށް ބުނެ އިންޑިއާއަށް ގެންދިޔަ ބަންގްލަދޭޝްގެ އަންހެނަކު ރޭޕްކުރި ވާހަކައާއި އެ ރޭޕްގެ ވީޑިއޯގައި ފެންނަ ފަސް މީހުން ހޯދަން އިއުލާން ކުރި ވާހަކަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.