ފުލުހުންގެ ކާރެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި، ޒުވާނެއްގެ ހާލު ސީރިއަސްވެއްޖެ

މ
27 ޑިސެމްބަރު 2024 13:421 މިނިޓުގެ ކިޔުން
Aa

ފުލުހުންގެ ކާރެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި، 18 އަހަރުގެ ޒުވާނެއްގެ ހާލު ސީރިއަސްވެއްޖެ އެވެ.

ފުލުހުން މިއަދު ބުނީ ރޭ ދަންވަރު 01:50 ހާއިރު ފޭސް 2 ގައި ހިނގި އެކްސިޑެންޓެއްގައި 18 އަހަރުގެ ކުއްޖަކަށް އަނިޔާވެފައިވާ ކަމަށާއި، އެކުއްޖާ ގެންގޮސްފައިވަނީ ހުޅުމާލެ ހޮސްޕިޓަލަށް ކަމަށެވެ.

އެ ކުއްޖާގެ ހާލު ސީރިއަސް ކަމަށް އެ ހޮސްޕިޓަލުން ފުލުހުންނަށް އަންގާފައިވާ ކަމަށް ފުލުހުން ބުންޏެވެ

އެނގިފައިވާ ގޮތުގައި މި އެކްސިޑެންޓު ހިނގާފައިވަނީ ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. ދައުރުވަމުންދާ މި އެކްސިޑެންޓުގެ ވީޑިއޯއެއް ކަމަށް ބެލެވޭ ވީޑިއޯއަކުން ފެންނަ ގޮތުގައި ފުލުހުންގެ ކާރުގެ ކުރީ ކޮޅު ބޮނެޓު އޮތީ ކުދިކުދިވެ ނެއްޓިގެން ގޮސްފައެވެ.

އަދި ކުރިމަތީގައި އޮތް ސައިކަލަށްވެސް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.