ރަށްރަށުގައި ކުނި ނެގުމުގެ ފީ ކަރަންޓު ބިލްގައި ނުހިމަނަން ނިންމައިފި

މ
5 ޖަނަވަރީ 2025 00:061 މިނިޓުގެ ކިޔުން
Aa

މި މަހުން ފެށިގެން ރަށްރަށުގައި ކަރަންޓު ބިލުގެ ތެރޭގައި ކުނި އުކާލުމަށް ނަގާ ފީ ހިމަނަން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ނިންމި ނިންމުން ބާތިލުކޮށްފި އެވެ.

ވެމްކޯއިން މިރޭ ބުނީ އެ ނިންމުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން ބަދަލު ކޮށްފައިވާ ކަމަށެވެ.

”މި ބަދަލާއެލި، ވެމްކޯގެ ހިދުމަތް ފޯރުކޮށްދޭނީ އަދި ހިދުމަތަށް ބިލު ކުރެވޭނީ ވެމްކޯގެ ހިދުމަތައް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަން،“ ވެމްކޯއިން ބުންޏެވެ.

އެހެންކަމުން ބިލު ކުރުމުގެ މަސައްކަތް ކުރިއަށްދާނީ ކުރިންވެސް އޮތް އުސޫލުން ކަމަށް އެ ކުންފުނީގެ ބަޔާނުގައިވެ އެވެ.

ބިލަށް ފައިސާ ދެއްކުމުގެ ކަންކަން އެ ރަށްރަށުގައި ގާއިމް ކޮށްފައިވާ ވެމްކޯގެ އޮފީސްތަކުންނާއި ވެމްކޯގެ ”އަވަސް ޕޭ“ ޕޯޓަލް މެދުވެރިކޮށް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.