ގެއެއް ހަދަނިކޮށް ޖެހިގެން ހުރި ގޭގައި ރެނދު އަޅައި އަޑިއަށް ދާން ފަށައިފި

މ
11 ޖަނަވަރީ 2025 19:50އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

މާލޭގައި ގެއެއް އިމާރާތްކުރަނިކޮށް، އެ ގެއާ ޖެހިގެން ހުރި ގޭގައި ރެނދުލައި އަޑިއަށް ދާން ފަށައިފި އެވެ.

މާލޭ ސިޓީ ކައުންސިލް ދެންމެ ބުނީ މ. ކެރިންލައިޓް ހަދަމުން ދިޔައިރު ޝީޓްޕައިލް ނުކޮށް ހުރުމުގެ ސަބަބުން އެގެއާ ޖެހިގެން ހުރި މ. ލަކީ ހެވަންގައި ރެނދު އަޅައި އަޑިއަށްދާތީ އެ ގެއިން މީހުން ހުސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ ގޭގައި ޖުމުލަ ހަތަރު ކޮޓަރި ހުންނައިރު، އޭގެ ތެރެއިން ދެ ކޮޓަރީގައި ދިރިއުޅެނީ ހަ މީހުންނާއި ކުޑަ ތިން ކުދިންނެވެ. އަނެއް ދެ ކޮޓަރީގައި އުޅެނީ ބިދޭސީންނެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.