ލަންކާގައި ހަމަލާ ދޭން އުޅުނު މައްސަލާގައި ދިވެއްސަކު ހައްޔަރުކޮށްފި

މ
12 ޖަނަވަރީ 2025 10:211 މިނިޓުގެ ކިޔުން
Aa

މިދިޔަ އޮކްޓޯބަރު މަސް ތެރޭގައި ސްރީ ލަންކާގެ އަރުގަމް ބޭ ސަރަހައްދަށް އަމާޒުކޮށް ހަމަލާއެއް ދޭން އުޅުނު މައްސަލާގައި ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

ލަންކާގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެ މައްސަލައާއި ގުޅިގެން ދިވެއްސަކު ހައްޔަރުކޮށްފައިވާކަން، ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް އަންގައިފަ އެވެ.

އެކަން އެމްބަސީގެ މުވައްޒަފަކު ވެސް ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ.

އެ މައްސަލާގައި ކުރިން ހައްޔަރުކުރި މީހުންގެ ތެރޭގައި ދިވެހި ފިރިހެނެއްގެ ދަރިއެއް ވެސް ހިމެނެ އެވެ. ނަމަވެސް އޭނާ އަތުގައި ދިވެހި އައިޑީ ކާޑެއް އަދި ޕާސްޕޯޓެއް ވެސް ނޯވެ އެވެ.

އަރުގަމް ބޭ ސަރަހައްދަށް ޓެރަރިސްޓު ހަމަލާއެއް ދޭން އުޅޭ ކަމަށް މައުލޫމާތު ލިބިފައިވާކަން ހާމަކުރީ އެ ގައުމުގައި ހުންނަ އެމެރިކާ އެމްބަސީން ނެރުނު ބަޔާނެއްގަ އެވެ.

އެމެރިކާ އެމްބަސީގެ ބަޔާނަށް ފަހު، އަރުގަމް ބޭ ސަރަހައްދުގައި ލަންކާ ސިފައިން ސަލާމަތީ ކަންތައް ވަރުގަދަކޮށް، މައްސަލަ ބަލަން ފެށި އެވެ. ދިވެހި ފިރިހެނެއްގެ ދަރިއެއް ހިމެނޭހެން ތިން މީހަކު ހައްޔަރުކުރިކަން އެ ދުވަސްވަރު މީޑިއާތަކުން ރިޕޯޓްކުރި އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.