ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހާ އަތުލައިގަތުމުން ރެންޗަކުން ހަމަލާ ދީފި

މ
14 ޖަނަވަރީ 2025 23:531 މިނިޓުގެ ކިޔުން
Aa

ހުޅުމާލޭގެ ޓްރާންސްފޯމަރަކަށް ގެއްލުންދީ ވައްކަން ކުރަން އުޅުނު މީހަކު ހިފެހެއްޓުމުން ރެންޗަކުން ހަމަލާދީ މާރާމާރީ ހިންގައިފި އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ، އޭނާ އަތުލައިގަތީ ސްޓެލްކޯގެ މުވައްޒަފެއް ކަމަށާއި އެ މުވައްޒަފަށް ވައްކަން ކުރަން އުޅުނު މީހާ ރެންޗަކުން ހަމަލާދީ މާރާމާރީ ހިންގާފައިވާ ކަމަށެވެ. އަދި އެ މީހާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ޓްރާންސްފޯމަރަށް ގެއްލުން ދިނުމާއި ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެމްޕީއެލް ޓަވަރުތަކުން ކަރަންޓު ވަނީ ކެނޑިފައެވެ.

ފަހުމީ ވިދާޅުވީ، ވީ އެންމެ އަވަހަކަށް ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ޓަވަރުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.