ޑިމޮކްރެޓްސްގެ މަޖިލިސް ޓިކެޓު މިހާރުގެ އަށް މެންބަރަކަށް ކަށަވަރު

A
10 ޖޫން 2024 19:441 މިނިޓުގެ ކިޔުން
Aa

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ޓިކެޓްގައި ވާދަކުރާން މިހާރުގެ އަށް މެންބަރަކަށް ޓިކެޓު ކަށަވަރުވެއްޖެ އެވެ.

މި އަހަރުގެ މާޗު މަހުގެ 17 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ޑިމޮކްރެޓްސްގެ ޓިކެޓު ކަށަވަރުވި ބޭފުޅުންނަކީ:

  • މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް

  • ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު (ހަސަންކޮ)

  • ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ

  • މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި)

  • މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑަ)

  • އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ)

  • ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު

  • ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު (ޗެކްމާކު)

މި ބޭފުޅުންގެ ތެރެއިން ވައްޑޭ ކުރިއަށް މަޖިލިސް އިންތިހާބުގައި ވާދަކުރައްވާނީ އިނގުރައިދޫ ދާއިރާއަށެވެ. އެ ދާއިރާ މިހާރު ތަމުސީލު ކުރައްވަމުން ގެންދަވަނީ އެމްޑީޕީގެ ޓިކެޓުގައި ހޮވުނު ނަމަވެސް މިހާރު ސަރުކާރު ހިންގާ ޕީއެންސީއަށް ސޮއިކުރައްވާފައިވާ ހަސަން އަހުމަދު (ހަސަންޓޭ) އެވެ.

ވައްޑޭގެ ދާއިރާއަށް ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަކުރައްވާނީ އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ޑިމޮކްރެޓްސްގެ ވެސް ނައިބް ރައީސް މުހައްމަދު ޝިފާޒު (ޝިއްޕެ) އެވެ.

މަޖިލިސް މެންބަރުންގެ ގޮތުގައި މިހާރު ތިއްބެވި ބޭފުޅުންގެ ތެރެއިން ޕްރައިމަރީގައި ވާދަކުރައްވަން ޖެހިވަޑައިގަންނަވާނީ މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން (ފިއްރަ) އެވެ. އޭނާ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައިވަނީ ހުޅުމާލެ ދެކުނު ދާއިރާއަށެވެ.

އެ ދާއިރާގެ ޑިމޮކްރެޓްސް ޕްރައިމަރީގައި ދެ ބޭފުޅަކު ވާދަކުރައްވަ އެވެ. އެއީ ހަސަން އަގީލް (ހުޅުމާލެ ހަވަރު ހަސަން) އަދި މުހައްމަދު ފައިސަލް އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.