ޕްރައިމަރީގައި ނާކާމިޔާބުވި ކުރީގެ ޕީޖީ މުހުތާޒު، ރައީސް މުއިއްޒުގެ އެޑްވައިޒަރަކަށް

A
10 ޖޫން 2024 19:441 މިނިޓުގެ ކިޔުން
Aa

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެޑްވައިޒަރަކަށް ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހުތާޒު މުހުސިން މިއަދު އައްޔަން ކުރައްވައިފި އެވެ.

ރައީސްގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރަކަށް މުހުތާޒު އައްޔަން ކުރައްވާފައިވާކަން ރައީސް އޮފީހުން ކަށަވަރު ކޮށްދެ އެވެ.

ރައީސްގެ އެޑްވައިޒަރަކަށް މުހުތާޒު އައްޔަންކުރައްވާފައިވާ އިރު، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި، ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި ދަނގެތި ދާއިރާއަށް ވާދަކުރައްވައި އޭނާއަށް ވަނީ ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންފަ އެވެ.

މުހުތާޒު، ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. ނަމަވެސް ޕީޖީގެ މަގާމުގައި ހުންނަވަނިކޮށް އޭނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅައި 11 ނޮވެމްބަރު 2015 ގައި މަގާމުން ވަކިކުރެއްވި އެވެ.

އޭގެ ފަހުން އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި 17 އަހަރަށް ޖަލަށް ލުމަށް ކޯޓުން ހުކުމްވެސް ކުރި އެވެ. އެއީ ރައީސް ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ހެދި ކަމަށް ބުނާ މައްސަލައިގަ އެވެ. ނަމަވެސް ސްޕްރީމް ކޯޓުން އެ ހުކުމް ފަހުން ވަނީ ބާތިލުކޮށްފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.