މާލޭގެ ގެއެއް ކޮންނަނިކޮށް އާސާރީ ބޮޑުބަޑިއެއް ފެނިއްޖެ

މ
13 ޖަނަވަރީ 2025 10:581 މިނިޓުގެ ކިޔުން
Aa

މާލޭގެ ގެއެއް ކޮންނަނިކޮށް އިހު ޒަމާނުގައި ބޭނުންކޮށް އުޅުނު ބޮޑުބަޑިއެއް ފެނިއްޖެ އެވެ.

ބޮޑުބަޑި ފެނުނީ ޗާންދަނީ މަގާއި ދަނބު ގޯޅި ގުޅޭ ކަންމަތީގައި، ކުރިން ހަބީބު ބޭންކުން ހުންނަ ތަނުންނެވެ.

ހެރިޓޭޖް މިނިސްޓްރީން ބުނީ އެ ބަޑި ފެނިފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އަދި މިހާރު އެ ބަޑި ވަނީ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ.

މީގެ ކުރިން 2022 ވަނަ އަހަރު ވެސް މާލެއިން ވަނީ ބޮޑުބަޑިއެއް ފެނިފަ އެވެ. އެ ފަހަރު ބަޑި ފެނުނީ ޓާޓާ ކުންފުނިން މިހާރު ފްލެޓު އަޅަމުންދާ ކުރީގެ ނާދީ ހުރި ބިމުންނެވެ.

ކުރިން ބޭނުން ކުރި ބައެއް ބޮޑުބަޑި މާލޭގައި ޑިސްޕްލޭކޮށްފައި ހުއްޓެވެ. އެއް ނަންބަރު ޖެޓީ ކައިރީގައި ވެސް ދެ ބޮޑުބަޑި ހުއްޓެވެ. ނަމަވެސް ފަހުން އެ ބަޑިތައް ވަނީ ނަގައިފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.