ލޯންޗެއްގެ ބުރަފަތިން ޖެހި ފަތުރުވެރިއަކު މަރުވެއްޖެ

މ
10 ޖަނަވަރީ 2025 13:521 މިނިޓުގެ ކިޔުން
Aa

އދ. އަތޮޅުގައި އޮންނަ ލަކްސް ސައުތު އަރި އެޓޯލް ރިސޯޓުގެ މޫދަށް އެރި އުޅުނު ފަތުރުވެރިއެއްގެ ގައިގައި ލޯންޗެއްގެ ބުރަފަތިން ޖެހި، އެ މީހާ މަރުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އިން ފޮނުވި މެސެޖެއްގައި ބުނީ، މިއަދު ހެނދުނު ދިހައެއް ޖަހާކަންހާއިރު ހިނގި އެ ހާދިސާގައި މަރުވެފައިވަނީ އާޖެންޓީނާގެ 55 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އެ ހާދިސާ ހިނގީ ރެޑިސަން ބްލޫ މޯލްޑިވްސް ރިސޯޓް ބޭރު މޫދުގައި ފަތުރުވެރިޔާ އުޅެނިކޮށް، އައިކޮމް ކްރީން ނަމަކަށް ކިޔާ ލޯންޗެއްގެ ބުރަފަތިން ޖެހިގެން ކަމަށްވެސް ފުލުހުން ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.