ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް އަނިޔާކުރި ޓީޗަރަކު ސަސްޕެންޑްކޮށް މައްސަލަ ފުލުހަށް

މ
16 ޖަނަވަރީ 2025 16:501 މިނިޓުގެ ކިޔުން
Aa

ފުލުހުންގެ މައި އިދާރާ

ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ޓީޗަރަކު އަނިޔާ ކުރި މައްސަލައެެއްގައި އެ ޓީޗަރު ސަސްޕެންޑުކޮށް، މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.

އެނގިފައިވާ ގޮތުގައި މާލޭގެ ސްކޫލެއްގެ ޕްރައިމަރީ ގްރޭޑެއްގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ އަންހެން ޓީޗަރަކު އެ ދަރިވަރަށް އަނިޔާކުރި މައްސަލަ އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް ގެނައީ ސްކޫލުންނެވެ. އެ މައްސަލަ ފުލުހަށް ހުށަހެޅީ މިނިސްޓްރީގެ ފަރާތުންނެވެ.

އެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ ދަރިވަރުންނަށް އަނިޔާ ކުރުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އެފަދަ މައްސަލަތައް މިނިސްޓްރީގެ ފަރާތުން ޒިންމާދާރު ކަމާއެކު ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި ތަކުރާރު ނުވާނޭހެން ފިޔަވަޅު އަޅަމުންގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ ޒިންމާދާރު ކަމާއެކު ދަރިވަރުންގެ ހައްގުތައް ހިމާޔަތްކޮށް އުފާވެރި އަމާން މާހައުލެއްގައި ދަރިވަރުން ތައުލީމު ހާސިލުކުރުމަށް ޓީޗަރުން ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް އެދިވަޑައިގެންފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.