ވިލިމާލޭގައި މޫދަށް އެރިއުޅެނިކޮށް އޮޔާ ދަމައިގަތް ދިވެއްސަކު ސަލާމަތްކޮށްފި

މ
17 ޖަނަވަރީ 2025 17:411 މިނިޓުގެ ކިޔުން
Aa

ވިލިމާލޭގައި މޫދަށް އެރިއުޅެނިކޮށް އޮޔާ ދަމައިގަތް ދިވެއްސަކު ސަލާމަތްކޮށްފި އެވެ.

ފުލުހުން ބުނީ މިއަދު 15:55 އެހާކަންހާއިރު މައުލޫމާތު ލިބުނު އެ ހާދިސާގައި އޮޔާ ދަމައިގަތް މީހާ އެމްޓީސީސީގެ ފެރީއަކަށް ނަގާފައިވާ ކަމަށެވެ. އެ މީހާއަށް ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނެސްފައިވާ ކަމަށްވެސް ބުންޏެވެ.

”މީހާ ސްޓޭބަލް ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް ވަނީ މައުލޫމާތު ދީފަ“ ފުލުހުން ބުންޏެވެ.

އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.