އާޓިފިޝަލް ބީޗުގައި ބިދޭސީންތަކެއްގެ މެދުގައި އަނެއްކާވެސް މާރާމާރީއެއް، ދިވެއްސަކަށް ހަމަލަދިން

މ
17 ޖަނަވަރީ 2025 21:551 މިނިޓުގެ ކިޔުން
Aa

އާޓިފިޝަލް ބީޗުގައި ބިދޭސީންތަކެއްގެ މެދުގައި އަނެއްކާވެސް މާރާމާރީއެއް ހިންގައިފި އެވެ.

ފުލުހުން ބުނީ، އެ މާރާމާރީގެ މައްސަލަ ރިޕޯޓް ކުރީ މިރޭ 8:30 އެހާކަންހާއިރު ކަމަށެވެ. އަދި އެ މާރާމާރީގެ މަންޒަރު ރެކޯޑް ކުރި ދިވެއްސަކާމެދުވެސް އެ މީހުން މާރާމާރީ ހިންގި ކަމަށް ބުންޏެވެ.

ފުލުހުން ބުނީ، އެ މައްސަލައާ ގުޅިގެން އިންޑިއާއަށް ނިސްބަތްވާ ތިން ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅުވެސް އާޓިފިޝަލް ބީޗުގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީއެއް ހިންގި އެވެ. އެ މައްސަލައިގައި އިސްކޮށް އުޅުނު ބިދޭސީ މީހާ ހައްޔަރުކުރި އިރު، އޭނާ ޑީޕޯޓް ކޮށްލާނެ ކަމަށް އިމިގްރޭޝަނުން އޭރު ބުންޏެވެ. ނަމަވެސް އޭނާ ޑީޕޯޓްކޮށްލި ކަމެއް ނޭނގެ އެވެ.

ޑީޕޯޓްކޮށްލާ މީހުންގެ މައުލޫމާތު އިމިގްރޭޝަނުން ހާމަކުރެ އެވެ. ނަމަވެސް އެ މާރާމާރީގައި ހައްޔަރުކުރި މީހާ ޑީޕޯޓްކޮށްލި ކަމެއް އިމިގްރޭޝަނަކުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.