ފާލު ބަލައި ރޫހާނީ ފަރުވާދެމުންދިޔަ ގްރޫޕު އަތުލައިގެންފި

މ
22 ޖަނަވަރީ 2025 15:301 މިނިޓުގެ ކިޔުން
Aa

ހިންދޫ ދީނުގެ ރޫހާނީ ފަރުވާއާއި ފާލުބެލުމުގެ ހިދުމަތް ރާއްޖޭގައި ދެމުންދިޔަ ގްރޫޕު މޯލްޑިވްސް އިމިގްރޭޝަނުން އަތުލައިގެންފި އެވެ.

އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސޯޝަލް މީޑިއާގައި ރޫހާނީ ފަރުވާދެމެންދާ ކަމަށް ބުނެ އިސްތިހާރުކުރި ބިދޭސީންތަކެއް އިއްޔެ ހިފަހައްޓައިފައިވާ ކަމަށެވެ.

އެއީ އިންޑިއާގެ ތިން މީހެއް ކަމަށާއި އެ ތިން މީހުން ޑީޕޯޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އެ އެންމެން ވެސް ހިފަހައްޓާފައި ވަނީ އެ މީހުންނަށް ދޫކޮށްފައިވާ ވިސާއާ ހިލާފުވެގެން ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

”މާސްޓަ ދުރްގާ ރާއޯ ގުރުޖީ“ ކިޔާ ފޭސްބުކް ޕޭޖެއްގައި ޖަހާފައިވާ އެ އިޝްތިހާރުތަކުގައި ބުނި ގޮތުގައި، އެ މީހުންނަކީ ފާލުބެލުމާއި ސިހުރު ރަނގަޅު ކުރުމުގެ ފަރުވާ އާއި ސިއްހީ މައްސަލަތަކާއި ކައިވެނީގެ މައްސަލަތަކަށް ހައްލު ހޯދައިދޭ ބައެކެވެ. އެޕޮއިޓްމަންޓް ހެދުމަށް ރާއްޖޭގެ ފޯނު ނަންބަރެއް ވެސް އެ އިޝްތިހާރުގައި ޖަހާފައި ވެ އެވެ.

މީގެ ކުރިން 2023 ވަނަ އަހަރު ވެސް ހިންދޫ ދީނުގެ މީހަކު މާލޭގައި އެ ދީން ފަތުރަން ހަރަކާތްތަކެއް ބާއްވަން އުޅުނު މައްސަލައެއް ފެންމަތިވި އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.