ނިހާދު، ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަންކޮށްފި

މ
27 ޖަނަވަރީ 2025 09:561 މިނިޓުގެ ކިޔުން
Aa

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުރެ، ޓެރަރިޒަމްގެ ވާހަކަ ދެއްކުމުން ސަސްޕެންޑު ކުރި މުހައްމަދު ނިހާދު، ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަން ކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި އޭނާ އެ މަގާމަށް އައްޔަންކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގަ އެވެ.

ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާއެއްގައި ޓެރަރިޒަމްގެ ވާހަކަތަކެއް ދެއްކުމާއި ގުޅިގެން ނިހާދު ސަސްޕެންޑްކޮށްފައިވަނީ މިދިޔަ ޑިސެމްބަރުގެ 24 ގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެއައްޑޫ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރުކަން ވެސް ކުރެއްވި ނިހާދު އެ ޖަލްސާގައި ވިދާޅުވެފައިވަނީ ރާއްޖެ އަށް ދެ މިލިއަން ޓޫރިސްޓުން އައުން ފާހަގަކުރަން ތައްޔާރު ވަމުން އަންނަ މި ދަނޑިވަޅުގައި އިދިކޮޅު އެމްޑީޕީން އިސްނަގައިގެން ޓެރަރިސްޓް ހަމަލައެއް ދޭން އުޅޭ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ.

ނިހާދުގެ އެ ވާހަކަތަކާ ގުޅިގެން ގިނަބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.