އަމީނީ މަގުގެ އޭބީސީ ފަށަލަ ޓެސްޓު ކުރަން އާރްޑީސީން ފަށައިފި

މ
23 ޖަނަވަރީ 2025 11:171 މިނިޓުގެ ކިޔުން
Aa

އަމީނީ މަގުގެ ތާރުގަނޑު ހަލާކުވެފައިވާ ސަރަހައްދުގެ މަސައްކަތް ކުރިއަށް ގެންދިޔުމުގެ ގޮތުން މިހާރު އެ މަގުގެ އޭބީސީ ފަށަލަ ޓެސްޓުކުރުމުގެ މަރުހަލާ ފަށައިފައިވާ ކަމަށް އާރްޑީސީން ބުނެފި އެވެ.

އާރްޑީސީން މިއަދު ބުނީ މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ތާރު އަޅައިފައިވާ ހިސާބަށް ގެއްލުންވެފައިވުމުގެ ސަބަބުން އެ ސަރަހައްދު މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން މިހާރު ކުރިއަށްދަނީ އޭބީސީ ފަށަލަ ޓެސްޓު ކުރުމުގެ މަރުހަލާ ކަމަށް އާރްޑީސީން ބުންޏެވެ.

އަމީމީ މަގުގައި ތާރު އަޅައިގެން ތަރައްގީކުރުމަށް ނިންމައިފައިވަނީ ކުރީ ސަރުކާރުންނެވެ. މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު ކުރީ ސަރުކާރުން ވަނީ ހައުސިން މިނިސްޓްރީއާ ހިސާބަށް ތާރުއަޅައި އަމީނީ މަގު ތަރައްގީކޮށްފަ އެވެ.

އަމީނީ މަގުގެ ބަކީ ބައިގައި ތާރު އަޅައިފައިވަނީ މި ސަރުކާރުންނެވެ. ނަމަވެސް އެ މަގުގެ ބައެއް ސަރަހައްދުގައި އަޅައިފައިވާ ތާރު ގަނޑު ވަނީ ފުފި މައްޗަށް އަރައިފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.