ބާލިދީއެއްގައި ބަނގުރާ ގެންގުޅު އިންޑިއާ ދެ މީހަކު ޑީޕޯޓްކޮށްލަނީ

މ
30 ޖަނަވަރީ 2025 13:311 މިނިޓުގެ ކިޔުން
Aa

ބާލީދީއެއްގައި ބަނގުރާ ގެންގުޅުނު އިންޑިއާ ދެ މީހަކު ޑީޕޯޓް ކޮށްލުމަށް މޯލްޑިވްސް އިމިގްރޭޝަނާއި ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް ގެނެސް އިމިގްރޭޝަނާ ހަވާލުކޮށްފައިވަނީ އިންޑިއާގެ ދެ މީހުން ކަމުގައިވާ، އަކާހިލް ތަޕްރަވަން (29އ) އާއި އަމްދާ ޕަންޑިއަން (44އ) އެވެ.

ފުލުހުން މިއަދު ބުނީ މިމަހުގެ 28 ވަނަ ދުވަހު މާލޭގައި ހިންގި އޮޕަރޭޝަނެއްގައި، އެ މީހުންނާ ގުޅުންހުރިކަމަށް ބެލެވޭ ތަނެއް ބަލައިފާސްކުރިއިރު ބަަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި ބާލިދީއެއް ފެނިފައިވާ ކަމަށެވެ.

އެ އޮޕަރޭޝަނަކީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.