ގައުމީ މަޝްރޫއުއެއްގެ ގޮތުގައި މިއަހަރާއި އަންނަ އަހަރު ވެސް ގައުމީ ދުވަސް ފާހަގަކުރާނީ އުތީމުގައި

މ
28 ޖަނަވަރީ 2025 21:04އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

މި އަހަރާއި އަންނަ އަހަރު ވެސް ގައުމީ ފެންވަރެއްގައި ގައުމީ ދުވަސް ފާހަގަކުރައްވާނީ ހއ. އުތީމުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާން ކުރައްވައިފި އެވެ.

ރައީސް އެކަން އިއުލާން ކުރެއްވީ ހއ. އަތޮޅުގެ 10 ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި މިއަދު އުތީމަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، އުތީމުގައި ގައުމީ ދުވަސް ފާހަގަކުރައްވަން ގަސްތުކުރައްވަނީ ދެ އަހަރުގެ މަޝްރޫއެއްގެ ގޮތުގައި ކަމަށެވެ. އެކަމުގެ ނަތީޖާއަކަށްވާނީ ފިކުރީ ގޮތެއްގައި ގައުމީ ވިސްނުމުގެ ފިކުރު ފެތުރުމުގައި އުތީމަށް އަދާކުރެވޭނެ ދައުރަށް ފަހި މަގެއް ކޮށިގެން ދިއުން ކަމަށްވެސް ވިދާޅުވި އެވެ.

އުތީމަކީ ގައުމީ ދުވަސް ހާއްސަވެ އަދި ދުވަހުގެ ޝަރަފު ނިސްބަތްވާ ގައުމީ ބަތަލު ބޮޑުތަކުރުފާނުގެ އުފަން ރަށެވެ.

އުތީމު ގަނޑުވަރާއި އެހެން ހަނދާންތައް ބެލެހެއްޓުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ދިވެހި ގައުމިއްޔަތުގެ އައިޑެންޓިޓީ ހިމާޔަތްކުރުމަށްޓަކައި އެއީ މުހިންމު ކަމެއް ކަމަށެވެ. އަދި އެކަމަށް ބޭނުންވާ އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ގައުމީ ވިސްނުންފުޅެއްގައި ހުރިހާ ރައްޔިތުންގެ ހައްގުގައި ކޮށްދެއްވާ ކަމެއްގެ ގޮތުގައި ކޮށްދެއްވަންޖެހޭ ކޮންމެ ކަމެއްވެސް ކޮށްދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.