މަގުމަތިން ޕީޖީ ޝަމީމަށް ހަމަލާ ދީފި

A
10 ޖޫން 2024 19:441 މިނިޓުގެ ކިޔުން
Aa

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް މަގުމަތީން ހަމަލާދީފި އެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެކަމުގެ ރިޕޯޓު ލިބުނީ މިއަދު ކަމަށާއި ޕީޖީ ޝަމީމަށް އޭޑީކޭގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

ހަމަލާދީފައި ވަނީ ތޫނު އެއްޗަކުން ނޫން ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގޭ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން އަންނައިރު، ޕީޖީ އޮފީހުން ބުނީ، ޝަމީމުގެ ހާލު ސްޓޭބަލް ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.