ފަޅު ރަށަކަށް ކުޑަކުދިންތަކެއް ގެންގޮސް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުވާ މައްސަލައެއް

މ
3 ފެބްރުއަރީ 2025 13:291 މިނިޓުގެ ކިޔުން
Aa

ފުލުހުންގެ މައި އިދާރާ

ރާއްޖޭގެ އުތުރުގައި އޮންނަ ފަޅު ރަށަކަށް ކުޑަކުދިންތަކެއް ގެންގޮސް، އެ ކުދިންނަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އުމުރުން 18 އަހަރުގެ ދަށުގެ ހަތަރު ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ވަނީ ޒުވާނަކަށެވެ.

އެ މައްސަލާގައި މީޑިއާތަކުން ތަކުރާރުކޮށް ސުވާލުކުރުމުންވެސް ފުލުހުން އެކަން ކަށަވަރު ކޮށްދީފައެއް ނުވެ އެވެ. ފުލުހުން ބުނީ، މިވަގުތު އެ މައުލޫމާތު ހާމަކުރެވެން ނެތް ކަމަށެވެ.

ނަމަވެސް އެނގިފައިވާ ގޮތުގައި ސޯޝަލް ޑިވެލޮޕްމަންޓް މިނިސްޓްރީންނާއި ފުލުހުންނާ ގުޅިގެން އެފަދަ މައްސަލައެއް ދަނީ ބަލަމުންނެވެ. ނަމަވެސް އެކަމުގެ ތަފުސީލެއް އަދި ނުލިބެ އެވެ.

ކުޑަކުދިންގެ މައްސަލަތަކުގައި ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން ކުއްޖާ ނިސްބަތްވާ އަތޮޅާއި ރަށް ހާމައެއް ނުކުރެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.