ފުލުހުންގެ ފްލެޓް ކޮރަޕްޝަނާ ގުޅިގެން އޭސީސީން ޕޮލްކޯއަށް ވަދެއްޖެ

މ
3 ފެބްރުއަރީ 2025 18:091 މިނިޓުގެ ކިޔުން
Aa

ފުލުހުންގެ ހައުސިން ޕްރޮޖެކްޓް (ބްލޫސް ހައުސިން ޕްރޮޖެކްޓް) އާ ގުޅިގެން ކުރެވޭ ކޮރަޕްޝަން ތުހުމަތުތަކާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީ އިން ޕޮލްކޯއަށް ވަދެއްޖެ އެވެ.

އޭސީސީގެ އޮފިޝަލަކު ’ހަފްތާ‘ އަށް ވިދާޅުވީ، އެ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ ފޮލްކޯގެ މައްސަލަތަކާ ގުޅިގެން ހަކި ގަރީނާ ހޯދުމަށްޓަކައި އޭސީސީގެ ޓީމެއް މިހާރުވެސް ޕޮލްކޯގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އިތުރު ތަފުސީލެއް ނުދެ އެވެ

ބްލޫސް ހައުސިން ޕްރޮޖެކްޓުގެ ދަށުން ފުލެޓު އިމާރާކުރުމަށް 480 މިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށް، ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާކަން ފަޅާ އެރީ އޮޑިޓް އޮފީހުން މިދިޔަ ޖަނަވަރީ މަހުގެ 24 ވަނަ ދުވަހު އާންމުކުރި އޮޑިޓް ރިޕޯޓުންނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.