މެއި 10ގެ ކުރިން އިންޑިއާގެ ހުރިހާ ސިފައިން ބާލަން އެ ގައުމުން އެއްބަސްވެއްޖެ

A
10 ޖޫން 2024 19:441 މިނިޓުގެ ކިޔުން
Aa

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މި އަހަރުގެ މެއި 10 ވަނަ ދުވަހުގެ ކުރިން ބޭއްލުމަށް އިންޑިއާ އިން އެއްބަސްވެފައިވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ދެންމެ ބުނެފި އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމާ ގުޅޭ މަޝްވަރާއަށް ދެ ގައުމުން އެކުލަވާލައިފައިވާ ހައި ލެވެލް ކޯ ގުރޫޕުގެ ދެވަނަ ބައްދަލުވުން މިއަދު އިންޑިއާގެ ނިއު ދެއްލީގައި ވަނީ ބާއްވައިފަ އެވެ.

އެ ބައްދަލުވުމާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އިންޑިއާގެ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓުގެ ތެރެއިން ކޮންމެވެސް އެއް ޕްލެޓްފޯމެއްގައި ހަރަކާތްތެރިވާ އިންޑިއާ ސިފައިން ބާލަން އެ ގައުމުން އެއްބަސްވެފައިވާ ކަމަށެވެ.

އަދި މި އަހަރުގެ މެއި 10ގެ ކުރިން ބާކީ އޮތް ދެ ޕްލެޓްފޯމުން ވެސް އިންޑިއާ ސިފައިން ބާލަން އެއްބަސްވެފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.