13 އަހަރުގެ ކުއްޖަކު ފިހުނު މައްސަލަ ފުލުހުން ބަލަން ފަށައިފި

މ
29 ޖަނަވަރީ 2025 14:19އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ހުޅުމާލޭގެ އެޕާޓްމަންޓެއްގެ ތެރޭގައި މި މަހުގެ 23 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާއެއްގައި ކުޑަކުއްޖަކު ފިހުނު މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

އެނގިފައިވާ ގޮތުގައި އެ ހާދިސާގައި ފިހިގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 13 އަހަރުގެ ކުއްޖަކަށެވެ. އެ ކުއްޖާގެ ހަށިގަނޑުގެ 50 ޕަސެންޓް ވަނީ ފިހިފަ އެވެ. ކުއްޖާގެ ހާލު ސްޓޭބަލް ވިޔަސް، ހަށިގަނޑުގެ ބޮޑުބައެއް ފިހިފައި ހުރުމުން މި ވަގުތު ފަރުވާ ދެމުންދަނީ އެޑްމިޓް ކޮށްގެންކަންވެސް އެނގިފައިވެ އެވެ.

ފުލުހުން މިއަދު ބުނީ އެ ކުއްޖާ ފިހިގެން ފަރުވާ ދޭ ކަމަށް މިދިޔަ ބުރާސްފަތި ދުވަހު މައުލޫމާތު ލިބުމުން އެ ދުވަހުން ފެށިގެން އެ މައްސަލަ ތަހުގީގުކުރަން ފަށާފައިވާ ކަމަށެވެ. ކުއްޖާ ފިހުނު ގޮތް، އެ މައްސަލައިގެ ތަހުގީގުގެ ތެރޭގައި ބަލާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.