މަޖިލިސް ރައީސް ރަސްމީ ދަތުރެއްގައި އިންޑިއާއަށް، ތަފުސީލެއް ނުދޭ!

މ
10 ފެބްރުއަރީ 2025 11:491 މިނިޓުގެ ކިޔުން
Aa

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރަސްމީ ދަތުރުފުޅެއްގައި މިއަދު އިންޑިއާއަށް ފުރާވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓެވުމަށްފަހު ވަކި ހިސާބަކުން މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ރިިޔާސަތަށް ވަޑައިގެންދެއްވުމަށް މަޖިލީހުގެ ރައީސް އެދިވަޑައިގެންނެވި އެވެ.

އެއަށްފަހު މަޖިލީހުގެ ރައީސް މަޖިލީހުގެ މެންބަރުންނަށް ވިދާޅުވީ، އެ މަނިކުފާނު މިއަދު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ފުރާވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށެވެ. އެހެން ވިދާޅުވުމަށްފަހު އިތުރު ތަފުސީލެއް ނުދެއްވައި، ރިޔާސަތުން އެ މަނިކުފާނު ވަޑައިގެންނެވީ އެވެ.

އަބްދުއްރަހީމް އިންޑިއާއަށް ކުރައްވާ ދަތުރުފުޅަކީ ކޮން ކަމަކަށް ކުރައްވާ ދަތުރުފުޅެއް ކަމެއް މަޖިލިސް އިދާރާއަކުންވެސް ހާމައެއް ނުކުރެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.