ކައްކާ އާއި ހެލްޕަރާ ދެމެދު ހިންގި މާރާމާރީ: ކައްކާ ހައްޔަރުކޮށްފި، ހެލްޕަރު އައިސީޔޫގައި

މ
6 ފެބްރުއަރީ 2025 19:34އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

މާލޭގެ ކެފޭއެއްގެ ތެރޭގައި މިދިޔަ އަންގާރަ ދުވަހު ހިންގި މާރާމާރީއާ ގުޅިގެން އެ ކެފޭގައި މަސައްކަތްކުރާ ނޭޕާލް ކައްކާ ހައްޔަރުކޮށްފި އެވެ.

މާވެޔޮމަގުގައި ހުންނަ ކެފޭއެއްގެ ތެރޭގައި އެ މާރާމާރީ ހިންގާފައިވަނީ އެ ކެފޭގެ ކައްކާއާއި ބަންގުލަދޭޝްއަށް ނިސްބަތްވާ ހެލްޕަރާ ދެމެދު އެވެ. އެ ދެ މީހުންގެ ދެމެދު މާރާމާރީ ހިންގީ ކީއްވެގެން ކަމެއް ނޭނގެ އެވެ.

ފުލުހުން މިއަދު ބުނީ، މާރާމާރީއާ ގުޅިގެން ނޭޕާލުގެ ފިރިހެނެއް ކަމަށްވާ ސިދާތާ ގުރުން، 24އ. ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ މާރާމާރީގައި އަނިޔާވި ބަންގްލަދޭޝްގެ މީހާގެ ހާލު ސީރިއަސް އެވެ. އޭނާއަށް ފަރުވާ ދެމުންދަނީ އައިޖީއެމްއެޗްގެ އައިސީޔޫގަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.