ބީޖޭޕީގެ ލީޑަރެއް މަރާލިކަމުގެ ކުށުގައި އިސްލާމީ ޖަމިއްޔާއެއްގެ 15 މީހަކަށް މަރުގެ ހުކުމް އިއްވައިފި

A
10 ޖޫން 2024 19:441 މިނިޓުގެ ކިޔުން
Aa

އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ ލީޑަރަކު މަރާލި މައްސަލާގައި 15 މީހަކަށް މަރުގެ އަދަބު ދިނުމަށް ކެރެލާގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

ރަންޖީތް ސްރީނިވަސަން، 40އ. މަރާލީ އޭނާގެ މަންމައާއި އަންހެނުން އަދި ދަރިފުޅުގެ ކުރިމަތީގައި 2021 ވަނަ އަހަރު އެވެ.

އެ މައްސަލާގައި މަރުގެ ހުކުމް އިއްވާފައިވަނީ 2022 ވަނަ އަހަރު ބޭން ކުރި އިންޑިއާގެ އިސްލާމިކް ސިޔާސީ ޖަމިއްޔާއެއް ކަމަށްވާ، ޕޮޕިއުލާ ފްރަންޓް އޮފް އިންޑިއާ (ޕީއެފްއައި)ގެ 15 މީހެއްގެ މައްޗަށެވެ.

އިންޑިއާގެ ޕްރޮސިކިއުޓަރުން ބުނާ ގޮތުގައި އެ މީހުންނަކީ މީހުން މެރުމަށް ތަމްރީން ކޮށްފައިވާ ސްކޮޑެއްގައި ހިމެނޭ ބައެކެވެ.

އެ މީހުންގެ މައްޗަށް ކުރި ހުކުމް ހައިކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.