ކޯރާޑިއަކުން މީހަކަށް ހަމަލާ ދިނުމަށްފަހު ފިލަން ދިޔަ ބަޔަކު ހައިވޭ މަތިން އަތުލައިގެންފި

މ
9 ފެބްރުއަރީ 2025 10:16އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ކޯރާޑިއަކުން މީހަކަށް ހަމަލާ ދިނުމަށްފަހު ފިލަން ދިޔަ ކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު އަތުލައިގެންފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ބުނީ ހުޅުމާލެ ބޯގަންވިލާ މަގު، ރެހެންދި ޓާފް ދަނޑު ހުޅަނގު ފަޅީގައި މަޑުކޮށްގެން ހުރި މީހަކަށް ސައިކަލެއްގައި އައި ބަޔަކު ހަމަލާ ދީފައިވާ މައްސަލައެއް ރޭ 23:35 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ މާރާމާރީގައި އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އެ މަރާމާރީގައި ހަމަލާ ދޭން ގެންގުޅުނީ ކޯރާޑިއެއް ކަމަށާއި މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ފިލައިގެން މާލެ ދަނިކޮށް ހައްޔަރުކުރީ ހައިވޭ މަތިން ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކުރީ:

  • ގދ. ފިޔޯރީ/ހީނާމާގެ، ރުސްތަމް އިބްރާހިމް (25އ)

  • ބ. ގޮއިދޫ/ ފިނިފެންމާގެ، ސައިފުﷲ ފައިސަލް (19އ)

އެޑިޓަރުގެ ނޯޓް: މި މާރާމާރީއާ ގުޅިގެން ބ. ހިތާދޫ/ ސްޓާ، އަބްދުﷲ ޒާހިދު ޒުބައިރު (18އ) ހައްޔަރުކުރި ކަމަށް ކުރިން ލިޔެވިފައިވަނީ ފުލުހުން ހިއްސާކުރި މައުލޫމާތުގެ ކުށަކުންނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.