މެރިން ރިސާޗް ސެންޓަރަށް 40 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ޝަކީލް ނިޔާވެއްޖެ

މ
9 ފެބްރުއަރީ 2025 11:051 މިނިޓުގެ ކިޔުން
Aa

ފިޝަރީޒް މިނިސްޓްރީގެ ދަށުން ހިންގާ މޯލްޑިވްސް މެރިން ރިސާޗް އިންސްޓްޓިއުޓް (އެމްއެމްއާރްއައި) އަށް 40 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ހަސަން ޝަކީލް ނިޔާވެއްޖެ އެވެ.

ޝަކީލް ނިޔާވިއިރު އޭނާ ހުންނެވީ އެމްއެމްއާރްއައިގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައެވެ. ޝަކީލް ނިޔާވިއިރު އުމުރަކީ 64 އަހަރެވެ.

ޝަކީލް ނިޔާވުމާ ގުޅިގެން ތައުޒިޔާ ފޮނުވައި އެމްއެމްއާރްއައި އިން ބުނީ ޝަކީލަކީ މެރިކަލްޗާ ރިސާޗް ކުރިއެރުވުމުގައި އިސް ދައުރެއް އަދާކުރައްވައިވާ ދާއިރާގައި ފާހަގަކޮށްލެވޭ ބޭފުޅެއް ކަމަށެވެ.

ޝަކީލަކީ މީހުން ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ އެ އިންސްޓިޓިއުޓްގެ ގިނަ މުވައްޒަފުންނަށް މެންޓާއެއްގެ އިތުރުން ބައްޕައެއްގެ ރޯލު އަދާކުރަމުން ދިޔަ ބޭފުޅެއް ކަމަށް ވެސް އެމްއެމްއާރްއައިން ބުންޏެވެ.

ޝަކީލްގެ ކަށު ނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.