އިސްލާމީ މަރުކަޒުގައި އިމާމުވެ ތަރާވީސް ނަމާދު ކުރާނީ ޒުވާން ހަތަރު ހާފިޒުން

މ
16 ފެބްރުއަރީ 2025 10:511 މިނިޓުގެ ކިޔުން
Aa

މިއަހަރުގެ ރޯދަމަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ތަރާވީސް ނަމާދު ކުރާނީ ޒުވާން ހަތަރު ހާފިޒުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ރޭ ބޭއްވި އަހާ ފޯރަމްގައި އާންމުގެ މީހަކުކުރި ސުވާލަށް ޖަވާބު ދެއްވަމުން ޝަހީމް ވިދާޅުވީ އިސްލާމީ މަރުކަޒުގައި ތަރާވީސް ކުރާނީ އެ މަރުކަޒުގެ އިމާމު ހާފިޒު ސަލްމާން މުހައްމަދު ލަތީފާއި ހާފިޒު އުވައިސް ބިން އިނާޒާއި ޚިޟްރު ބިން އިމާދުގެ އިތުރުން ހާފިޒު ސުލްތާން މުހައްމަދު ލަތީފެވެ. އޭގެ ތެރެއިން ސުލްތާން މުހައްމަދު ލަތީފު، ތަރާވިސް ނަމާދު އިމާމުވެ ކުރައްވަން ގުޅޭނީ ރޯދަމަހުގެ ފަހު 10 ގައި ކަމަށް ޝަހީމް ވިދާޅުވި އެވެ.

ފަހު 10 ގައި ދަމު ނަމާދު އިމާމުވެ، ކުރައްވާނީ ސަލްމާން މުހައްމަދު ލަތީފާއި ސުލްތާން މުހައްމަދު ލަތީފު ކަމަށް ޝަހީމް ވިދާޅުވި އެވެ.

އެއީ އިސްލާމީ މަރުކަޒުގެ އިސް އިމާމު ޝައިހު މުހައްމަދު ލަތީފުގެ ދެ ބޭފުޅުން ކަމަށް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ އަމާޒަކީ މުސްތަގުބަލަށް ރާއްޖެ ފަހުރުވެރިވާ ފަދަ ޒުވާން އިސްލާމީ ޝަހިސިއްޔަތުން އުފެއްދުން ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.