ދެ މީހަކު، ކުޑަކުއްޖަކާ ބެހުނު މައްސަލައެއް، މަހެއްވާ އިރުވެސް މީހަކު ހައްޔަރު ނުކުރޭ!

މ
16 ފެބްރުއަރީ 2025 22:491 މިނިޓުގެ ކިޔުން
Aa

އިތުބާރު ހުރި މަގާމެއްގައި ތިބި ދެ މީހަކު، އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ ނޯތު ޕޮލިސް (ނ، ރ، ބ، ޅ) ގައި ހިމެނޭ ރަށެއްގައި އިތުބާރުކުރެވޭ ފަދަ މަގާމެއްގައި ތިބި ދެ މީހަކު 18 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަ މިދިޔަ މަހުގެ 20 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.

އެ ދެ މީހުން، ކުއްޖާއަށް ޖިންސީ ގޯނާކުރީ މިދިޔަ އަހަރާއި އޭގެ ދެ އަހަރު ކުރިން ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ހުށަހެޅިތާ މަހަކާ ގާތްވެފައިވީ ނަމަވެސް ފުލުހުން ބުނާ ގޮތުން އެ މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.