މަރުތޭލުން ޖެހުމުގެ ތުހުމަތު ކުރެވޭ މީހާ ރާއްޖެ އައުމާ އެކު ހައްޔަރުކޮށްފި

މ
13 ފެބްރުއަރީ 2025 11:481 މިނިޓުގެ ކިޔުން
Aa

އައިޖީއެމްއެޗު ކައިރިން މީހެއްގެ ބޮލަށް ހަމަލާދިން ކަމަށް ތުހުމަތުވާ މީހާ ފިލަންލޭޝިއާ އަށް ދިޔުމަށްފަހު މިއަދު ރާއްޖެ އައުމާ އެކު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ފުލުހުން ބުނީ، މާލޭގައި މިހާރު ހިނގަމުންދާ މާރާމާރީތަކުގެ ތުހުމަތު ކުރެވޭ އަދި ނުކުރައްކާތެރި ކުށްތަކަށް އަރައިގަތުމުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ 31 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ މީހާ ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ހޯދައިފައި ވަނިކޮށް މެލޭޝިއާއަށް ގޮސްފައިވާ ކަމަށެވެ. މެލޭޝިޔާއަށް އޭނާ ވަނުން ހުއްޓުވައި، އެހެން ފްލައިޓެއްގައި ރާއްޖެ ގެނައުމަށްފަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނަައީ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.