އީފާސް މެދުވެރިކޮށް ޕާޓީތަކަށް މީހުން ވެއްދޭ ގޮތަށް ބަދަލުކޮށްފި

މ
13 ފެބްރުއަރީ 2025 13:241 މިނިޓުގެ ކިޔުން
Aa

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އޮންލައިން ޕޯޓަލްގެ ތެރެއިން އީފާސް ބޭނުންކޮށްގެން ނޫން ގޮތަކަށް ޕާޓީތަކަށް މެންބަރުން ނުވެއްދޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި އެވެ.

އީސީން މިއަދު އާންމުކުރި ގަވާއިދުގައިވަނީ އަލަށް ޕާޓީއެއް އުފައްދަން ހުށަހަޅާ 3،000 މީހުންގެ ފޯމާއި މިހާރު ހުރި ޕާޓީތަކަށް މެންބަރުން އިތުރުކުރަން ފޯމު ހުށަހެޅޭނީ ’ސިމެދަ‘ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. ގަވާއިދުގައިވަނީ އީފާސް މެދުވެރިކޮށް ’ސިމެދަ‘ ޕޯޓަލްއިން ޕާޓީއަކަށް މީހަކު ވެއްދުމުން އެ މީހާ ޕާޓީގެ ދަފުތަރުގައި ހިމެނުމުގެ ކުރިން ޝަކުވާއެއް އޮތްތޯ ބެލުމަށް އީސީއިން އިއުލާނުކުރަން ވެސް އަލަށް ގެނައި އިސްލާހާއެކު މަޖުބޫރުވާނެ އެވެ.

ގަވާއިދުގައި އިތުރަށް ވަނީ ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުމަށް އެދޭ ފަރާތްތަކުން އީފާސް މެދުވެރިކޮށް ހުށަހަޅާއިރު ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް)ގައިވާ އެ ފަރާތުގެ މައުލޫމާތު އިލެކްޝަންސް ކޮމިޝަނުން ބޭނުންވެއްޖެ ހިނދެއްގައި ހޯދުމަށް އިއުތިރާޒު ނުކުރާކަމުގެ އިގުރާރުވާން ވާނެ

އޮންލައިންކޮށް ހުށަހަޅާ ފޯމުތައް ޕާޓީތަކުން 10 އަހަރުގެ މުއްދަތަކަށް ބެލެހެއްޓުމަށް ވެސް ގަވާއިދުގެ ދަށުން ވަނީ މަޖުބޫރުކޮށްފަ އެވެ.

ސިޔާސީ ޕާޓީތަކަށް އީ ފާސް މެދުވެރިކޮށް މެންބަރުން ވެއްދޭ ގޮތަށް ހެދީ ޕާޓީތަކަށް މެންބަރުން އިތުރުކުރުމުގެ ވަގު ފޯމު ހުށަހަޅާ މައްސަލަ ބޮޑުވުމާ ގުޅިގެންނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.