ސްނޯކްލިއަށް ދިޔަ ފަތުރުވެރިއަކު ގެއްލިގެން ހޯދަން ފަށައިފި

މ
13 ފެބްރުއަރީ 2025 20:591 މިނިޓުގެ ކިޔުން
Aa

ސްނޯކެލިން އަށް ދިޔަ ފަތުރުވެރިއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ، ގެއްލިގެން ހޯދަނީ ސިނަމަން ދޮންވެލި ރިސޯޓް ކައިރިއަށް ސްނޯކްލިންއަށް ދިޔަ ފިރިހެން ފަތުރުވެރިއެއް ކަމަށެވެ. ނަމަވެސް އެ މީހާއާ ގުޅޭ މައުލޫމާތެއް އަދި އެ މީހާ ހޯދުމަށް މިހާތަނަށް ކުރި މަސައްކަތާ ގުޅޭ އިތުރު މައުލޫމާތެއް އެމްއެންޑީއެފުން ނުބުނެ އެވެ.

ރިސޯޓަކުން ސްނޯކްލިއަން އަށް ދިޔަ ފަތުރުވެރިއަކު ގެއްލިގެން ހޯދަން ފަށާފައިވާއިރު، މީގެ ދުވަސްކޮޅެއް ކުރިން ވެސް، އިފުރު އައިލެންޑް ރިސޯޓުގައި ސްނޯކްލިން އަށް ދިޔަ އެ ރިސޯޓުގެ މުވައްޒަފަކު ވެސް ވަނީ ގެއްލިފަ އެވެ. އެއީ އެ ރިސޯޓްގައި ޝެފެއްގެ ވަޒީފާގައި އުޅުނު އިންޑިއާ މީހެއް ކަމަށްވާ އަފްތާބް ޚާން އެވެ.

އޭނާ ހޯދުމުގެ މަސައްކަތް މިހާރު ވަނީ ހުއްޓާލައިފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.