އުފާ ފާޅުކުރުމުގެ ތެރެއިން ޖެހި ބަޑިއަކުން ދެ އަހަރުގެ ކުއްޖަކު މަރުވެއްޖެ

މ
18 ފެބްރުއަރީ 2025 08:46އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

އިންޑިއާގެ ނޮއިޑާގެ އަވަށެއްގައި ކުރިއަށްދިޔަ ކައިވެނި ހަފުލާއެއްގެ ތެރެއިން އުފާ ފާޅުކުރުމަށް ބަޑި ޖަހަނިކޮށް ދެ އަހަރާއި ބައިގެ ކުއްޖަކު ގަޔަށް ވަޒަން އަރައި މަރުވެއްޖެ އެވެ.

ފުލުހުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، މިދިޔަ އާދީއްތަ ދުވަހުގެ ރޭ ހިނގި އެ ހާދިސާގައި ބަޑި ޖަހާފައިވަނީ ކައިވެނި ކުރި ފިރިހެން މީހާގެ އަވަށު މީހެއް ކަމަށެވެ.

އަދި އެ ކުއްޖާގެ ގަޔަށް ވަޒަން އެރީ ހަފުލާ ކުރިއަށްދިޔަ ތަނުގައި ހުރި ބެލްކަންޏެއްގައި ހުއްޓާ ކަމަށާއި ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ކުއްޖާ މަރުވެފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

އެ މައްސަލަ ފުލުސް އޮފީހުގައި ރަޖިސްޓްރީކޮށް، ބަޑި ޖެހި މީހާ ފިލައިގެން އުޅޭތީ އޭނާ ހައްޔަރުކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.