އެމްއޭސީއެލްގެ ޗެއާމަން އިސްތިއުފާ ދެއްވައިފި

A
10 ޖޫން 2024 19:441 މިނިޓުގެ ކިޔުން
Aa

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އެމްއޭސީއެލް)ގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އެމްޔޫމަނިކު އިސްތިއުފާ ދެއްވިކަން އިތުބާރު ހުރި މަސްދަރަކުން ”ހަފްތާ“އަށް ވަނީ ކަށަވަރު ކުރެވިފައެވެ.

އެމްޔޫމަނިކު އެ މަގާމު ފުރުއްވާތާ 10 އަހަރު ވެއްޖެއެވެ. އޭނާ އިސްތިއުފާ ދެއްވީ ސަރުކާރުގެ ބައެއް ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެންނެވެ. އެގޮތުން ކުންފުނިން ވަކިކޮށްފައި ތިއްބެވި ބަޔަކު އަނބުރާ ގެނައުމަށް މެނޭޖުމެންޓުން މަސައްކަތްކޮށްފައިވާތީ ކަމަށް ބުނެ އެކަމާ އޭނާ ވަނީ ކަންބޮޑުވުންފާޅުކުރައްވާފައެވެ.

މިކަމާ ގުޅޭގޮތުން ޕްރައިވެޓައިޒޭޝަން ބޯޑުން ވަކިއެއްޗެއް ނުބުނެއެވެ.

އެމްޔޫ މަނިކަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާ އަކީ ފަތުރުވެރިކަމުގެ ވިޔަފާރީގައި ރާއްޖޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ޔުނިވާސަލް އެންޓަޕްރައިޒަސްގެ ޗެއާނަނެވެ. އަދި އޭނާ އަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ވެސް ޗެއާމަނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.