ކުޅުދުއްފުށީގައި ފެށި ސިހުރު އޮޕަރޭޝަން: 8 ގެއަކުން ސިހުރު ހަދަން ބޭނުންކުރާ ތަކެތި ހޯދައިފި

މ
20 ފެބްރުއަރީ 2025 20:22އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ކުޅުދުއްފުށި ސިޓީ

ހދ. ކުޅުދުއްފުށީގަައި ސިހުރުގެ މައްސަލަ ބޮޑުވެ، އެ ރަށުގައި ފުލުހުން ފެށި ބޮޑު އޮޕަރޭޝަންގައި އަށް ގެއަކުން ސިހުރު ހަދަން ބޭނުންކުރާ ޒާތުގެ ތަކެތި ހޯދާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ސިހުރުވެރިން ހޯދަން ކުޅުދުއްފުށީގައި ފުލުހުން ބޮޑު އޮޕަރޭޝަނެއް ފެށީ މިއަދު އެވެ.

ފުލުހުން ބުނީ، އެ އޮޕަރޭޝަންގެ ދަށުން ކޯޓު އަމުރެއްގެ ދަށުން 10 ގެއެއް ބަލައިފާސްކޮށް، އޭގެ ތެރެއިން 8 ގެޔަކުން ސިހުރު ހާހޫރަ ހަދަން ބޭނުންކުރާ ޒާތުގެ ލިޔެކިޔުމާއި ފޮތާއި ސިހުރު ހެދުމަށް ބޭނުންކުރާ ކަހަލަ އާލާތްތައް ފެނިގެން އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނި ނަމަވެސް މީހަކު ހައްޔަރުކުރި ކަމެއް ނޭނގެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.