އެމްޑީޕީގެ ޕްރައިމަރީން ރޮޒައިނާއަށް ނާކާމިޔާބު، ޓިކެޓް ލިބުނީ ޑުންގާއަށް

A
10 ޖޫން 2024 19:441 މިނިޓުގެ ކިޔުން
Aa

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް އެ ޕާޓީން މިއަދު ބޭއްްވި ޕްރައިމަރީގައި މީދޫ ދާއިރާގެ މެންބަރުކަމުގައި މިހާރު ހުންނެވި ރޮޒައިނާ އާދަމަށް ނާކާމިޔާބީއާ ކުރިމަތިވެއްޖެ އެވެ.

އައްޑޫގެ ފުރަތަމަ އަންހެން މަޖިލިސް މެންބަރު، ރޮޒައިނާ އެމްޑީޕީގެ ޕްރައިމަރީގައި މިފަހަރު ވާދަކުރެއްވީ މުޅިން އަލަށް އުފެއްދި ފޭދޫ އުތުރު ދާއިރާއަށެވެ. އެ ދާއިރާއަށް ރޮޒައިނާ އާއި އިތުރު ދެ ކެންޑިޑޭޓުން ވާދަކުރި އެވެ.

އެ ދާއިރާގެ ޓިކެޓް ކަށަވަރު ކުރެއްވީ އެފްއޭއެމްގެ ކުރީގެ ޑެޕިއުޓީ ޓެކްނިކަލް ޑިރެކްޓަރު އަދި ހެޑް އޮފް ގްރާސްރޫޓްސް އަހުމަދު ޝަރީފް (ޑުންގާ) އެވެ. އޭނާއަކީ އައްޑޫގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއެއްގެ އިތުރުން ކޯޗެކެވެ.

ކުރިން ތުލުސްދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި ރޮޒައިނާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ކަމަށް ހޮވުނީ 2014 ގަ އެވެ. އޭގެ ފަހުން އޮތް މަޖިލިސް އިންތިހާބުގައި 2019 ވަނަ އަހަރު ވެސް ރޮޒައިނާ ވަނީ އެ ދާއިރާގެ ގޮނޑި ދިފާއު ކުރައްވައިފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.