ވިލުފުށީ ކެފޭއަކަށް ސިހުރު ހެދި ކަމަށް ތުހުމަތުވާ މީހާ 15 ދުވަހަށް ބަންދުކޮށްފި

މ
15 ފެބްރުއަރީ 2025 11:02އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ތ. އަތޮޅު ވިލުފުށީ ކެފޭއެއްގެ ކުރިމައްޗަށް ސިހުރު ހެދި ކަމަށް ތުހުމަތުކޮށް ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ވިލުފުށި، ރޭނިގެ/ މުހައްމަދު އަބްދުލް ގާދިރު 66އ އެވެ.

ފުލުހުން ރޭ ބުނީ އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

ފުލުހުން މިމަހުގެ 11 ވަނަ ދުވަހު ބުނެފައިވަނީ ވިލުފުށީގެ ކެފޭއެއް ކުރިމައްޗަށް ސިހުރު ހަދާފައިވާ ކަމަށް ތުހުމަތުކުރެވޭ އެއްޗެހިތަކެއް އަޅާފައިވާ ކަމަށް ބުނާ މައްސަލައެއް މިމަހު 10 ވަނަ ދުވަހުގެ ރޭ ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ބުންޏަސް އޭގެ ތަފްސީލެއް ފުލުހުން ނުދެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.