ރާއްޖޭގެ އިގުތިސާދީ ދުވެލި މިދިޔަ އަހަރަށްވުރެ 3.1 ޕަސެންޓް ދަށްވާނެ

A
10 ޖޫން 2024 19:441 މިނިޓުގެ ކިޔުން
Aa

މި އަހަރު ރާއްޖޭގެ އިގުތިސާދު ކުރިއަރާނީ ފަސް ޕަސެންޓުގައި ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ލަފާކޮށްފި އެވެ.

އައިއެމްއެފް އިން ނެރެފައިވާ ”ގްލޯބަލް އިކޮނޮމިކް އިންޑެކްސް“ގައިވާ ގޮތުން މިދިޔަ އަހަރު ރާއްޖޭގެ އިގުތިސާދު ކުރިއެރީ 8.1 ޕަސެންޓުގައެވެ. އެހެންވެ މި އަހަރު އިގުތިސާދު ކުރިއަރާނެ ކަމަށް ލަފާކުރި ވަރު ވަނީ 3.1 ޕަސެންޓް ދަށްވެފަ އެވެ.

މި ވަރަކީ މަރުކަޒީ ބޭންކް، އެމްއެމްއޭ އާއި ސަރުކާރުން ލަފާކުރި ވަރަށްވުރެވެސް ދަށް އަދަދެކެވެ.

އެގޮތުން އެމްއެމްއޭ އިން ލަފާކުރާ ގޮތުން ރާއްޖޭގެ އިގުތިސާދު މި އަހަރު ކުރިއަރާނީ 5.5 ޕަސެންޓުގައެވެ. އަދި މި އަހަރަށް ފާސްކުރި ބަޖެޓުގައި ސަރުކާރުން ލަފާކޮށްފައިވަނީ މިއަހަރު އިގުތިސާދު 6.7 ޕަސެންޓުގައި ކުރިއަރާނެ ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.