ރޯދަ މަހަށް ސަރުކާރުން ގޭބިސީތަކަށް ދޭ މަސްދަޅު ކޭސް ބެހުމަށްޓަކައި ޓޯކަން ނިޒާމެއް ތައާރަފު ކުރަން ލޯކަލް ގަވަމެންޓް މިނިސްޓްރީން ނިންމައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި މަސްދަޅު ބަހަން ފެށުމުން ކިއުގައި ގިނަ ބަޔަކު ތިބެން ޖެހުމުގެ ޝަކުވާ އާއި ހިތްހަމަނުޖެހުން ވަރަށް ބޮޑުވި އެވެ. އެހެންވެ މިނިސްޓްރީން އިއްޔެ ވަނީ މަސްދަޅު ކޭސް ބަހަން އިތުރު ތަންތަން ހަމަޖައްސައިފަ އެވެ.
ލޯކަލް ގަވަރުމަންޓް މިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނީ، މިއަދުން ފެށިގެން މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބެހުމަށް އިތުރު އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށެވެ.
އެގޮތުން ކިޔުގައި ގިނަ ވަގުތު ހޭދަކުރަން ނުޖެހޭނެހެން، އޮންލައިން ނިޒާމުގެ ތެރެއިން ޓޯކަން ނެގޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ބުންޏެވެ.
މިނިސްޓްރީން ބުނީ، އެ ނިޒާމުގެ ތެރެއިން ވަކި ރެއަކަށް ވަކި މަރުކަޒަކުން ޓޯކަން ނެގުމުން އެ ރެޔެއްގައި އެ މަރުކަޒަކުން އެ މީހަކަށް މަސްދަޅު ކޭސް ލިބޭނެ ކަމަށެވެ. އެކަމަށް ކަނޑައަޅާ ނިޒާމުގެ ތަފުސީލު އިއުލާން ކުރާނެ ކަމަށްވެސް ބުންޏެވެ.
މިނިސްޓްރީން ވަނީ މަސްދަޅު ކޭސް ދޫކުރާ މަރުކަޒުތަކުން ރެޔަކަށް ދޫކުރާނެ ޓޯކަންގެ އަދަދުވެސް އިއުލާންކޮށްފަ އެވެ. އެގޮތުން
މިފްކޯ ކޮމްޕްލެކްސް: 200 ޓޯކަން
އެމްޓީސީސީ ސޯމިލް: 200 ޓޯކަން
ހެންވޭރު ދަނޑު: 100 ޓޯކަން
ގަލޮޅު ދަނޑު/ސެޓަޕް 1: 50 ޓޯކަން
ގަލޮޅު ދަނޑު/ ސެޓަޕް 2: 50 ޓޯކަން
ގަލޮޅު ދަނޑު/ ސެޓަޕް 3: 50 ޓޯކަން
ގަލޮޅު ދަނޑު/ ސެޓަޕް 4: 50 ޓޯކަން
ސޯޝަލް ސެންޓަރު: 100 ޓޯކަން
ވިލިމާލެ/ ވެމްކޯ ސައިޓް: 100 ޓޯކަން
ހުޅުމާލެ/ އުމަރު ޒާހިރު ބިލްޑިން: 100 ޓޯކަން
ހުޅުމާލެ/ ޕޮލްކޯ ޓަވަރު (ސީ ބްލޮކް): 100 ޓޯކަން
ހުޅުމާލެ/ ހިޔާ ޓަވަރު 10: 100 ޓޯކަން
ހުޅުމާލެ/ ކާމިލްދީދީ ޕްރީ ސްކޫލު: 100 ޓޯކަން











ކޮމެންޓް