ކާރެއް ކޮންޓްރޯލުން ނެއްޓި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

މ
23 ފެބްރުއަރީ 2025 10:541 މިނިޓުގެ ކިޔުން
Aa

އަމީނީ މަގުން ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެދުނު 7:50 ގައި އަމީނީ މަގު ގާކޮށި ކުރިމަތިން ކަމަށެވެ. އެ ވަގުތަކީ އެ ސަރަހައްދުގައި ހުންނަ އިމާދުއްދީން ސްކޫލަށް ދަރިވަރުން ދާ ވަގުތެވެ.

އެ އެކްސިޑެންޓާ ގުޅޭ އިތުރު މައޫލޫމާތެއް ފުލުހުން ނުދެ އެވެ.

މި އެކްސިޑެންޓްގައި ކާރުގެ ކުރީކޮޅާއި އަރިމައްޗަށް ބޮޑެތި ގެއްލުންތަކެއްވެފައިވާ އިރު، ކާރުން ޖެހި ސައިކަލްތަކަކަށް ގެއްލުންވެފައިވެ އެވެ.

މި ހާދިސާގެ މަންޒަރު ފެންނަ ވީޑިއޯއެެއް ވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ އިރު، އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާ މަންޒަރު ވެސް ފެނެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.