ދިވެހި މަސްދޯންޏަކަށް އިންޑިއާ ސިފައިން އެރި ކަމަށް ބުނާ މައްސަލައެއް ބަލަނީ

A
10 ޖޫން 2024 19:441 މިނިޓުގެ ކިޔުން
Aa

ރާއްޖޭގެ އުތުރުގައި މަސްވެރިކަން އުޅުނު ދިވެހި ކަންނެލި ދޯންޏަކަށް އިންޑިއާގެ ސިފައިން އެރި ކަމަށް ބުނާ މައްސަލައަށް އެމްއެންޑީއެފުން ބުނެފި އެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ބުނި ގޮތުގައި އިންޑިއާ ސިފައިން އަރާފައި ވަނީ، އދ. މަހިބަދޫގެ ”އަސުރުމާ 3“ ދޯންޏަށެވެ.

”އަސުރުމާ 3“ ދޯނިން މައުލޫމާތު ދިން ގޮތުގައި އެ ދޯންޏަށް އިންޑިއާގެ އަސްކަރީ ދެ މަނަވަރެއް ކައިރިކޮށް އޭގައި ތިބި ސިފައިން އަރާފައި ވަނީ ކުޅުދުއްފުށީ ސިޓީގެ ބޭރުން މަސްވެރިކަން ކުރަމުން ދަނިކޮށެވެ.

މި މައްސަލަ މިހާރު ސަރުކާރުގެ ސަމާލުކަމަށް އައިސްފައިވާއިރު،އެމްއެމްޑީއެފްގެ އުޅަނދެއް އެ ސަރަހައްދަށް ދަތުރުކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ،

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.