ރައީސް މުއިއްޒު، އިސްލާމީ ގައުމުތަކުގެ ވެރީންނަށް ރަމަޟާން މަހުގެ ތަހުނިޔާ ފޮނުއްވައިފި

މ
1 މާރިޗު 2025 16:32އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ރައީސް ޑރ. މުހައްމަދު މުއިއްޒު

މި އަހަރުގެ ރަމަޟާން މަހުގެ މުނާސަބަތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައްޔާއި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އިސްލާމީ ގައުމުތަކުގެ ލީޑަރުންނާއި ސަރުކާރުތަކާއި ރައްޔިތުންނަށް ތަހުނިޔާ އަރިސް ކުރައްވައިފި އެވެ.

އިސްލާމީ ގައުމުތަކުގެ ލީޑަރުންނަށް ފޮނުއްވި މެސެޖުގައި އެ މަނިކުފާނު ވަނީ، މި ރަމަޟާން މަހު، އެކުވެރިކަމުގެ ގުޅުންތައް ހަރުދަނާ ކުރެވި، ހިދުމަތްކުރުމުގެ އަޒުމު ވަރުގަދަ ވެގެންދާނޭ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައިވެ އެވެ. އަދި އިސްލާމީ ގައުމުތަކުގެ ވެރީންނާއި ރައްޔިތުން ފުރިހަމަ ސިއްހަތެއްގައި ލެހެއްޓެވުމަށާއި ކާމިޔާބީ މިންވަރު ކުރެއްވުމަށް އެދިވަޑައިގެނ ދުއާ ދަންނަވާފައިވެ އެވެ.

ރައީސްގެ މެސެޖުގައި ވަނީ މި ދަނޑިވަޅުގައި ފަލަސްތީނުގެ ގައްޒާ އާއި ހުޅަނގު އައްސޭރީގައި ތިބި މުސްލިމުން ތަހައްމަލު ކުރަމުން ދާ ވޭނަށް ތަސައްލީއެއް ހޯދައިދިނުމުގައި ހަރަކާތް އަވަސްކުރުމަށް އިސްލާމީ އުންމަތަށް އިލްތިމާސް ކުރައްވައިފަ އެވެ. އަދި ފަލަސްތީނުގެ މިނިވަން އަދި އިސްތިގްލާލީ ދައުލަތެއް ގާއިމުކުރެވި، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ކަށަވަރު ކޮށްދެއްވުމަށްވެސް އިލްތިމާސް ކުރައްވާފައިވެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.