ޕްރައިމަރީއަށްފަހު ހުރިހާ ކެންޑިޑޭޓުން ގުޅިގެން މަސައްކަތް ކުރަން ރައީސް ސޯލިހު އެދިވަޑައިގެންފި

A
10 ޖޫން 2024 19:441 މިނިޓުގެ ކިޔުން
Aa

މަޖިލިސް ޕްރައިމަރީއަށްފަހު ހުރިހާ ކެންޑިޑޭޓުން ވެސް ގުޅިގެން އެކީގައި މަސައްކަތް ކޮށްދެއްވުމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.

އެމްޑީޕީގެ ޕްރައިމަރީއަށްފަހު ރައީސް ސޯލިހް މިރޭ އެކްސްގައި ވިދާޅުވީ ޕްރައިމަރީން ދާއިރާތައް ކާމިޔާބު ކުރެއްވި ބޭފުޅުންނަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި މިއަދު ޕްރައިމަރީ އޮމާންކޮށް ރާވައި ކުރިއަށް ގެންދިޔުމުގައި ހަރަކާތްތެރިވި ޕާޓީގެ ހުރިހާ ބޭފުޅުންނާއި ވޯޓުލައްވަން ވަޑައިގެންނެވި މެންބަރުންނަށް ވެސް އެ މަނިކުފާނު ވަނީ ޝުކުރު ދަންނަވައިފައެވެ.

މިއަދު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި މިހާރު ވެސް މަޖިލީސް މެމްބަރުންގެ ގޮތުގައި ތިއްބެވި ގިނަ ބޭފުޅުން ވަނީ ޓިކެޓް ކަށަވަރުކުރައްވާފައެވެ. އެހެންމެ ހައިރާންކޮށްލި ކަމަކީ ފޭދޫ އުތުރު ދާއިރާއަށް ވާދަކުރެއްވި މިހާރު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމަށް ނާކާމިޔާބީ ލިބުމެވެ. ނަމަވެސް ރޮޒައިނާގެ ފިރިކަލުން މުހައްމަދު ނާޝިޒް ވަނީ ކިނބިދޫ ދާއިރާގެ ޓިކެޓް ދިފާއު ކުރައްވާފައެވެ.

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެ ދާއިރާގެ ޓިކެޓް ކާމިޔާބު ކުރެއްވިއިރު، އޭނާގެ ދަރިކަލުން އަހްމަދު މުއާޒް އަބްދުﷲ ޖާބިރު ވަނީ މަހިބަދޫ ދާއިރާގެ ޓިކެޓް ކަށަވަރުކުރައްވާފައެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.